ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
2025-2024 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލްކޭޖީއަށް ކުދިން ވެއްދުމާ ގުޅޭ

2025-2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭ.

 

2025-2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 2025-2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާ އެއްގޮތަށެވެ.

  1. އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2023 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުންނެވެ. 
  2. ވީމާ، އެލް.ކޭ.ޖީއަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 26 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 17 މާރޗް 2024ވާ އާދީއްތަ ދުވަހުން ފެށިގެންބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 12:00އަށް ސްކޫލް އޮފީހުގައެވެ.

 

ނޯޓް: 

  • އެލް.ކޭ.ޖީއަށް ދަރިވަރު ވެއްދުމުގައި 4 އަހަރު ފުރިހަމަވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
  • އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެެލެނިވެރިޔާ އެދިއްޖެ ނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.

 

 

14 މާރިޗު 2024

14 މާރިޗު 2024
ހޯދާ