އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

މި އިދާރާގެ ސެކުއުރިޓީ ބަލަހައްޓާއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 މާރިޗު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 20 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

      މި މަސައްކަތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމް މި އިދާރާ ރަސްމީކޮށް ހުޅުވާފައިހުންނަ ހުރިހާ ވަގުތެއްގައިވެސް ލިބެންހުންނާނެވާހަކަ ދަންނަވަމެވެ. މި މަސައްކަތަށް އަގު ހުށައަޅުއްވާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި -/5000ރ ބަހައްޓަން ޖެހޭނެއެވެ. މި ފައިސާ ބިޑު ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ރަސްމީ ބަންދުނޫން 01 މަސް ދުވަސް ތެރޭގައި އަނބުރާ ރައްދުކޮށްދެވޭނެކަމާއި އަދި ބިޑު ކާމިޔާބު ކުރާފަރާތަށް 03 މަސްދުވަސްތެރޭގައި އެމަސައްކަތް ސުޕަވައިޒްކޮށް ބެލުމަށްފަހު ޙަވާލުކޮށްދެވޭނެ ކަމުގައި ދަންނަވަމެެވެ. 

14 މާރިޗު 2024
ހޯދާ