ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭއެއް ތަރައްޤީ ކުރުމަށް ބިމެއް ކުއްޔައް ދޫކުރުމަށް

ފ. ފީއަލީގައި ސްލިޕްވޭއެއް ތަރައްޤީ ކުރުމަށް 66875 ( ފަސްދޮޅަސް ހަހާސް އައްސަތޭކަ ހަތްދިހަ ފަހެއް ) އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2015 މޭ 05 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި ކައުންސިލް އިދާރާގައެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2015 މޭ 26 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމުގެ 1 ގަޑިއިރު ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބިޑްފޮތެއްގެ އަގަކީ -/3000 ރުފިޔާއެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ