މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމާއި ގުޅޭ

އިޢުލާން

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމާއި ގުޅޭ

                ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ދަނޑުވެރިކަމުގެ ޙިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ދަނޑުވެރިކަމުގެ ސެންސަސްއަށް ބޭނުންވާ މަޢުލޫމަތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި (ވިޔަފާރި އެޞޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުޞޫލުން ގަސް ހައްދާ ވިއްކާ ފަރާތްތައް / ނާސަރީ ގެންގުޅޭ ފަރާތްތައް)  ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިންނެވެ.

           ވީމާ، މި ދެންނެވުނު ކަނަކްމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި ލިސްޓްގައި ނަންޖެއްސުމަށް 17 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ 11:00ގެ ކުރިން، މިއިދާރާގެ ނަންބަރު: 7960026 ފޯނަށް، އައިޑީކާޑު ކޮޕީ، ފޯނު ނަންބަރު އަދި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ގޮތް އެނގޭނެހެން މެސެޖު ކޮށްދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ މެއިލްއެޑްރެސްއަށް: [email protected] އަށް މެއިލްކޮށްދެއްވުން އެދިދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރު:6580028 ފޯނާއި ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

13 މާރިޗު 2024
ހޯދާ