ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުނެގުމާ ގުޅޭ

17 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 13:00 އިން 15:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ލުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ. 

ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަނަކީ، ކުންފުނިތަކުން ބާއްވާ ޢާންމު ޖަލްސާތަކުގައި ވޯޓުނެގުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އަދި މިހާތަނަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ގިނަ ޕަބްލިކު ކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާތަކުގައި ބޭނުންކޮށްފައިވާ އިތުބާރުހިފޭ މަޤުބޫލު އެޕްލިކޭޝަނެކެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް 11  ޖޫން 2022 ގައި ބޭއްވުނު އިންތިޚާބާއި، 2 ޖުލައި 2023 ގައި ބޭއްވުނު އެ އިންތިޚާބުގެ ދެވަނަ ބުރުގައި އާއި 7 ޑިސެންބަރު 2023 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށްޓަކައި ބޭއްވުނު އިންތިޚާބުގައި އަދި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް 23 ޖަނަވަރީ 2024 ގައި ބޭއްވުނު
ބައި-އިލެކްޝަނުގައި ވޯޓު ލާފައިވަނީ ފަހި ވޯޓު ބޭނުންކޮށްގެންނެވެ.

ފަހިވޯޓު މެދުވެރިކޮށް ވޯޓުލުމަށް ބޭނުންވާ ފަހިވޯޓުގެ ވެބްސައިޓް ލިންކު، ޔޫޒަރނޭމް އަދި ޕާސްވޯޑް، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދާއިމީ ދަފްތަރު ހިމެނޭ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް، 17 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ފޮނުވޭނެއެވެ. އަދި އެސް.އެމް.އެސްއަށް ލިބިލެއްވި ޔޫޒަރނޭމް އަދި ޕާސްވޯޑް ބޭނުން ކުރައްވައިގެން ފަހިވޯޓް (https://fahivote.mv/) އަށް ލޮގިން ކުރެއްވުމުން އިންތިޚާބުގައި ބައިވެރިވެވޭނެއެވެ. މިގޮތަށް ފޮނުވޭ ކޮންމެ ޔޫޒަރނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ފަހިވޯޓު އެޕްލިކޭޝަންގައި ވޯޓުލެވޭ އައިޓަމަށް ވޯޓުލެވޭނީ އެންމެ ފަހަރަކުއެވެ.

13 މާރިޗު 2024
ހޯދާ