މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާރާއި ވޭން ސިޓީލައި ނީލަމުގައި ވިއްކާލުން

އިޢުލާން

ށ އަތޮޅު ކައުންސިލް އިދާރާގެ ކާރާއި،ވޭން ސިޓީލައި ނީލަމުގައި ވިއްކާލުން

            މި އިދާރާގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ތިރީގައި ދަންނަވާ 2 ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތަކުން މިތަކެތި ގަތުމަށް ބޭނުންވާ އަގު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ހުށައެޅެނެއެވެ. މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2024 މާރިޗް 14 ވާ ބުރާސްފަތި ދުވަހުގެ 9:00ން ފެށިގެން އަގު ހުށަހަޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް (NL04) ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް ހުށައެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

ކާރާއި، ވޭން ގަތުމަށް ހުށަހަޅާއަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:00ގެ ފަހުން ހުށަހެޅިއަގު އެނގޭ ގޮތަށް މިއިދާރާގެ ވެބްސައިޓު www.shaviyani.gov.mv  ފެންނަން ހުންނާނެއެވެ. ވެހިކަލް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެކަށީގެންވާ އަގެއްގައި އޮވެއްޖެނަމަ އެފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން 48 (ސާޅީސް އަށެއް) ގަޑިއިރުތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ތަރުތީބުން ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތްތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންދާނެއެވެ. ފައިސާ ދެއްކުމަށްފަހު ނީލަން ކިޔުނު ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތުގެ މަޝްވަރާގެ މަތިން މިތަކެތީގެ ރަޖިސްޓްރީ، އެފަރާތުގެ ނަމަށް 30 ދުވަހުގެތެރޭގައި ބަދަލުކޮށް ނުވަތަ ބާޠިލު ކޮށްދެވޭނެއެވެ.                

ނީލަމުގެ ރިފަރެންސް ނަންބަރު

ވެހިކަލްގެ މަޢުލޫމާތު

ނީލަންފެށޭ އަގު

އިތުރުކުރެވޭނެ އެންމެ ކުޑައަގު

NL1/2024

ކާރު (PROTON wira  C97)

-/20000ރ

ފަހަރަކު -/500ރ

NL2/2024

ވޭން  (TOYOTA Townace Van KB-CR41V )

-/20000ރ

ފަހަރަކު -/500ރ

ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ކާރާއި،ވޭން ބެއްލެވުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިއިދާރާގެ 6540400 ނަންބަރު ފޯނާގުޅުއްވުން އެދެމެވެ.

‏03‏ ރަމަޟާން‏ 1445

‏13‏ މާރިޗް‏ 2024

 

13 މާރިޗު 2024
ހޯދާ