ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2024 އަދި ހިންގާ ކޮމެޓީ އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމާއި ބެހޭ

 

އިޢުލާން

އަހަރީ އާއްމު ޖަލްސާ 2024  އަދި ހިންގާ ކޮމެޓީ އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމާއި ބެހޭ

 

10 މާރިޗު 2024 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ 22 މާރިޗު 2024 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި އީކުއޭޓަރ ވިލެޖް، އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާކަމުގައި އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މިޖަލްސާގައި އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އައު ދައުރަކަށް އިންތިޚާބު ކުރުން އޮންނާނެއެވެ. ވީމާ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެހައި މެމްބަރުންނަށް ހުޅުވާލަމެވެ.

  1. އެސޯސިއޭޝަންގެ ރައީސް
  2. އެސޯސިއޭޝަންގެ ނާއިބު ރައީސް
  3. އެސޯސިއޭޝަންގެ ޚަޒާންދާރު
  4. އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު
  5. އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު
  6. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު
  7. އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު

ވީމާ، މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަނަވަރާއި އައި.ޑީ.ކާޑްގެ ކޮޕީ 18 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުމަށް އެދެމެވެ.

ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާފައިވާ އަމިއްލަ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން، މިއެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި 2 އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024  ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ފާއިތުވި 2 އަހަރުގެ މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް ޖަމިއްޔާ ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓްތައް 31 ޖަނަވަރީ 2024 ގެ ނިޔަލަށް ފޮނުވާފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

ޝަރުތުހަމަވާ ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

12 މާރިޗު 2024
ހޯދާ