ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިޙާނުގެ ސުވާލު ކަރުދާސް ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުން އަދި އަދި ރިވިއަރުން ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ 2024 ވަނަ އަހަރުގެ ބާ އިމްތިޙާނަށް ބޭނުންވާ ސުވާލުތައް ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުން އަދި ރިވިއުވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

މަޤާމު / މަސައްކަތް

އައިޓަމް ރައިޓަރ / އައިޓަމް ރިވިއުވަރ

ސުވާލުތައް ތައްޔާރުކުރުމަށް ބޭނުންވާ ދާއިރާތައް

  • ކޮންސްޓިޓިޔުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
  • ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
  • ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
  • ޓޯޓް ލޯ
  • ލޭންޑް ލޯ އެންޑް ޕްރެކްޓިސް
  • މޯލްޑިވިއަން ލީގަލް ސިސްޓަމް

އަސާސީ ޝަރުތުތައް:

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުން
  • ޤާނޫނީ ދާއިރާގައި މަސައްކަތްކުރަމުންދާ، އަދި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

މަސްއޫލިއްޔަތުތައް:

ބާ ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ސުވާލުތައް ތައްޔާރުކުރުމާއި ރިވިއުކުރުން

މުސާރަ އާއި އެލަވަންސް:

މިއީ މުސާރައެއް ކަނޑައެޅިފައިވާ މަޤާމެއް ނޫނެވެ. ނަމަވެސް މި މަސައްކަތަށް ހޮވޭ ފަރާތްތަކުން ތައްޔާރުކުރާ އިމްތިޙާނުގެ ފެންވަރަށް ފެތޭކަމަށް ޑިވެލޮޕަރ ކަނޑައަޅާ ސުވާލުތަކަށް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

އައިޓަމް ރައިޓަރުން އަދި ރިވިއުވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް: https://forms.gle/PhKqQYs4KUyGXPPk9

ސުންގަޑި:

މި އިޢުލާނުގައިވާ މަޤާމުތަކަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާއި ހަމައަށް އިޢުލާނުގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

 މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 މާރިޗު 2024
ހޯދާ