ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިގުޅޭ

ފިތުރު ޒަކާތް އޮންލައިންކޮށް ދެއްކުން

1445 ވަނަ އަހރުގެ ފިޠުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސާފައިވަނީ 01 ރަމަޟާން 1445 (11 މާރިޗު 2024) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 (06 އޭޕްރިލް 2024) ވަނަ ދުވަހާއި ހަމައަށް ތިރީގައިމިދަންނަވާ މުއައްސަސާތަށް މެދުވެރިކޮށެވެ. 

#

އިދާރާ

ޒަކާތް ދެއްކޭނެ ގޮތް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)

އެސް.އެމް.އެސް

2

އުރީދޫ

އެމް ފައިސާ ( އެޕްލިކޭޝަން)

އެސް.އެމް.އެސް

3

މޯލްޑިވްސް އިސްލާމިކް ބޭންކް

ފައިސާ މޯބައިލް (އެޕްލިކޭޝަން)

ފައިސާ ނެޓް

4

ބޭންކް އޮފް  މޯލްޑިވްސް

ޕޯޓަލް (ވެބްސައިޓް)

-

5

ފަހިޕޭ

ފަހިޕޭ (އެޕްލިކޭޝަން)

ވެބްސައިޓް

6

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރި ޕޭ

-

ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ފޯޓަލްތަކަށް އަހުލުވެރިނޫން ފަރާތްތަކަށް ޓްރާންސްފަރ މެދުވެރިކޮށް އަދި ގޮވާމުން ފިޠުރުޒަކާތްދެއްކޭނެއެވެ.

ހއ.ކެލާ ކައުންސިލަށް ޓްރާންފަރ މެދުވެރިކޮށް ޒަކާތް ދެއްކުން.

ހއ. ކެލާ ކައުންސިލުން 1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ޓްރާންސްފަރ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 (12 މާރިޗު 2024) ވަނަ ދުވަހުންފެށިގެން 27 ރަމަޟާން 1445 (06 އޭޕްރީލް 2024 ) ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

އެކައުންޓްގެ ނަން

އެކައުންޓް ނަންބަރ

ކެލާ ކައުންސިލްގެ އިދާރާ ޚަރަދު 2

7714700528004

 

އޮންލައިންކޮށް އެކައުންޓައް ފައިސާ ޓްރާންސްފަރ ކުރާއިރު، ގޭގެއެޑްރެސް، ޒަކާތް ދައްކާ މީހުންގެ އަދަދު އަދި ގޮވާމުގެ ބާވަތް ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ޖެއްސެވުންއެދެމެވެ. އަދި ސްލިޕް މިއިދާރާގެ ވައިބަރ ނަންބަރު 9650027 އަށް ވައިބަރ ކުރެއްވުމަށްވެސް ދަންނަވަމެވެ.

ހއ.ކެލާ ކައުންސިލަށް ގޮވާމުން ޒަކާތް ދެއްކުން.

ހއ. ކެލާ ކައުންސިލުން 1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ގޮވާމުން ބަލައިގަތުގެ އިންތިޒާމް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 (12 މާރޗް 2024) ވަނަ ދުވަހުންފެށިގެން 18 ރަމަޟާން 1445 (28 މާރިޗު 2024 ) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ށް ކެލާ ކައުންސިލް އިދާރާގައެވެ.

 

ފިޠުރު ޒަކާތުގެގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯގެ ގޮވާމުގެ އަގެވެ.

1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

ބޮލަކައްޖެހޭ ފައިސާގެ އަދަދު

ގޮވާމުގެ ބާވަތް

#

12 ރުފިޔާ

އާދައިގެ ހަނޑޫ

1

70 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ

2

80 ރުފިޔާ

ރަތް ހަނޑޫ

3

70 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ)

4

100 ރުފިޔާ

ބާސްމަތީނ ހަނޑޫ (މޮޅު)

5

125 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

6

10 ރުފިޔާ

އާދައިގެ ފުށް

7

75 ރުފިޔާ

އާޓާ ފުށް

8

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 މާރިޗު 2024
ހޯދާ