ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ދުވަސް ފާހަގަކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

                 މި އަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި ގޮތުން ޤައުމީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކާ ގުޅޭ ގޮތުން އެންމެ ރަނގަޅު ޕޮރޮޕޯސަލް ހުށަހަޅާ ކައުންސިލަކަށް  އެ ޙަރަކާތްތައް ހިންގުމަށް އެހީގެ ގޮތުގައި 35,000.00 ރުފިޔާ (ތިރީސް ފަސް ހާސް ރުފިޔާ) ގެ މާލީއެހީތެރިކަން ދެވޭނެއެވެ.

                 ޤައުމީ ދުވަސް 1445 ގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2024 އެޕްރީލް 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހއ. އަތޮޅުގެ ކައުންސިލް ތަކަށް ވަނީ ހުޅުވާލެފިފައެވެ.  ޕްރޮޕޯސަލްތައް މެއިލު ކުރާނަމަ މި ކައުންސިލްގެ ރަސްމީ މެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.  ޕްރޮޕޯސަލް ފޯމް މި ކައުންސިލްގެ ވެބުސައިޓުން ލިބެން ހުންނާނެއެވެ.

                 ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ބަލާނެ މިންގަނޑުތައް ޕްރޮޕޯސަލް ފޯމްގައި ބަޔާންކޮށްފައިވާނެއެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޝަން ކޮމިޓީން މިން ކުރުމަށްފަހު، އެންމެ މަތީން މާކުސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ކައުންސިލެކެވެ.

                 12 މާރިޗު 2024

12 މާރިޗު 2024
ހޯދާ