ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުން

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ:

         1445 ވަނަ  އަހަރުގެ ފިޠުރު  ޒަކާތް   ބަލައި  ގަތުމަށް  ހަމަޖެހިފައިވަނީ 02  ރަމަޟާން 1445 ( 12 މާރިޗް 2024 ) އިން ފެށިގެން 27 ރަމަޟާން 1445 ( 06 އޭޕްރިލް 2024 ) ވަނަ ދުވަހުގެ ނިޔަލަށެވެ.

            ފިޠުރު ޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަކުގެ ގޮތުގައި މިއިދާރާއިން އާއްމުކުރާ ރޭޓުތަކުގެ އަގަށްވާ ފައިސާ އިންނެވެ.

           ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށް ކަމަށްވާތީވެ ފައިސާ ދައްކާ ފަރާތްތަކުން ތިރީގައި މިދަންނަވާ އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުމަށްފަހު ޓްރާންސްފާރކުރި ސްލިޕް ފޮނުއްވައި ދެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރައްވާ އިރު ( ޒަކާތް ދެއްކި ގޭގެ ނަން ، މީހުންގެ އަދަދު ، ދެއްކިބާވަތް އަދި ދެއްކި ފަރާތުގެ ނަން ) އެނގޭ ގޮތައް ތަފްޞީލް ލިޔުއްވަން ވާނެއެވެ.

އެކައުންޓް ނަމްބަރު : 004 700314 7723

އެކައުންޓް ނަން :     1430KHARADHU 02

 

ވައިބަރ ނަމްބަރު :  9781899

ބާވަތް

ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

12  ( ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

70  ( ހަތްދިހަ ރުފިޔާ )

ރަތް ހަނޑޫ

80  ( އައްޑިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އާދައިގެ )

70  ( ހަތްދިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( މޮޅު )

100 ( ސަތޭކަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

125 ( ސަތޭކަ ފަންސަވީސްރުފިޔާ )

އާދައިގެ ފުއް

10  ( ދިހަ ރުފިޔާ )

އާޓާ ފުއް

75  ( ހަތްދިހަ ފަސްރުފިޔާ )

11 މާރިޗު 2024
ހޯދާ