ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސާރވިސް ސަޕޯޓް ޓެކްނީޝަން

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސާރވިސް ސަޕޯޓް ޓެކްނީޝަން

އަދަދު: 4

  • އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސްތައް ކަނޑައަޅާނީ ލިބިފަވާ ތަޖުރިބާ އަދި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލުމަށްފަހުގައި
  • މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ސާވިސް އޮފީސް - ބަޔޯމެޑިކަލް އިންޖިނިއަރިންގް ޔުނިޓް

އެހެނިހެން އިނާޔަތްތައް:

  • މެޑިކަލް އިކްއިޕްމަންޓް ސާރވިސް ޓްރެއިނިންގ ޕްރޮގްރާމްތަަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއިންބޭރުންްނާއި އަދި ރާއްޖެއިން ދެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • މަތީތަޢުލީމް ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • މެނުފެކްޗަރަރ ގައިޑްލައިންސްއާ އެއްގޮތަށް ބަޔޯމެޑިކަލް އިކުއިޕްމަންޓްސް އިންސްޓޯލް ކުރުން.
  • މެނުފެކްޗަރަރ ގައިޑްލައިންސްއާ އެއްގޮތަށް ބަޔޯމެޑިކަލް އިކުއިޕްމަންޓްސް މެއިންޓެނަންސް ބެލެހެއްޓުން.
  • ބަޔޯމެޑިކަލް އިކުއިޕްމަންޓްސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • އިކުއިޕްމަންޓްތަކުގެ އިންސްޓަލޭޝަން ރެކޯޑުތަށް ލޮގް ކުރުމާއި ޕްރިވެންޓިވް މެއިންޓެނަންސް ކިޓްތަށް ބަލަހައްޓައި މެއިންޓަނަންސް މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖިރިބާ:

  • ޖީސީއީ އޯ ލެވެލް ފުރިހަމަކޮށް 3 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ،
  • އިލެކްޓްރިކަލް/އިލެކްޓްރޯނިކްސް އިން ސެޓިފިކެޓް ލެވެލް 3 ފުރިހަމަކޮށްފައިވުން. ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 23 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.(ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މިރިޕޯޓުތަށް ހުށަހަޅަން ދެންނެވޭނެއެވެ.
  • މަތީގައި ދެންނެވިފައިވާ ވަޒީފާތަކަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ އިރު ދެ މަޤާމަށްވެސް އިސްކަންދޭ ތަރުތީބު ފާހަގަ ކުރައްވައި ކުރިމަތި ލެވިދާނެއެވެ، ނަމަވެސް ވަޒީފާގެ ފުރުޞަތު ދެވޭނީ ހުށަހެޅޭ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ރަގަޅު ކުދިންނަށް އިސްކަންދެވޭ ތަރުތީބުންނެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245/ 3344368، ފެކްސް: 3344041، އީމެއިލް: [email protected]

16 އޭޕްރިލް 2015
ހޯދާ