މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
(IUL)286-MP/286/2024/30ނަންބަރު: ނ.ކެނދިކުޅުދޫ ޓުއަރިޒަމް ޒޯނުން ބިމެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

ނ. ކުނދިކުޅުދޫ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ޓުއަރިޒަމް ޒޯނުން، 10,000 (ދިހަ ހާސް) އަކަމީޓަރުގެ ބިމެއް (TD-CH01)، ޓުއަރިޒަމްގެ ބޭނުމަށް، ގިނަވެގެން, މީލާދީ 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިމުގެ މަޢުލުމާތު:

އިކުއިޒިޝަން ކޮސްޓްގެ  ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު (ދިވެހި ރުފިޔާ)

ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ)

ބިމުގެ ބޮޑުމިން

(އަކަ މީޓަރ)

ބިން

ނަންބަރު

308,400.00

51,400.00

10,000

މި ބިޑް ޑޮކިއުމަންޓްގެ ޖަދުވަލު-1 ގައިވާ ބިން

TD-CH01

ބިމުގެ ސަރަހައްދު އަނގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.

 

ބީލަމަށް ރަޖިސްޓްރީކުރުން

  • ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް 10 މާރިޗު 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 17 މާރިޗު 2024 ވާ އާދިއްތަ ދުވަހު 13:00ގެ ކުރިން މި ފޯމު ފުރުމަކުރުމަށް ފަހު ފޮނުވަން ވާނެއެވެ.

ލިންކް: https://forms.office.com/r/zM8gGCywzd

ބިޑްގައި ރަޖިސްޓްރީވުމުން، ކެނދިކުޅުދޫ ކައުންސިލްގެ ޕްރޮޖެކްޓްސް މެއިލް ([email protected])  މެދުވެރިކޮށް، ރަޖިސްޓްރީވިކަމުގެ ރަސީދު، ރަޖިސްޓްރީވާ ފަރާތްތަކަށް ގިނަވެގެން 24 ގަޑި އިރު ތެރޭގައި ފޮނުވާނެއެވެ. އަދި 'ބިޑް ޑޮކިޔުމަންޓް ގަތުމަށް އެދޭ ފޯމު' މި މެއިލްއާ އެކު ފޮނުވާނެއެވެ.

 ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމް ހުށަހެޅޭނީ، 10 މާރިޗު 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 17 މާރިޗު 2024 ވާ އާދިއްތަ ދުވަހު 13:00 ގެ ނިޔަލަށެވެ. މި ފޯމާއިއެކު ބިޑް ފޮތް ގަތުމުގެ ފީ ދެއްކި ރަސީދު [email protected] އަށް ފޮނުވަންވާނެއެވެ.

  •  މިބިޑް ޑޮކިއުމަންޓަކީ، ބީލަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލި ޢިއުލާނާ ގުޅިގެން ބިޑުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަނި ގަންނަންލިބޭނޭހެން ކައުންސިލުން ވިއްކާއެއްޗެކެވެ. ބިޑް ފޮތުގެ އަގަކީ 20،000ރ (ވިހި ހާސް) ދިވެހި ރުފިޔާއެވެ. ބިޑް ފޮތް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ބިޑް ފޮތް ބައްލަވައިގަންނަވާ ފާރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
  • މިބައްދަލުވުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވެފައިވާ އީމެއިލް އެޑްރެހަށް މީޓިން ލިންކް ފޮނުވާނެއެވެ.

 ނުވަތަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.

ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ބައިވެރިވާ ފަރާތުގެ އައި.ޑީ ކާޑް ކޮޕީ ގެންނަނަވާނެއެވެ.

ނުވަތަ ބަދަލުގައި އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީކޮށްފައިވާ އީމެއިލް މެދުވެރިކޮށް އެ ފާރާތުގެ މަޢުލޫމާތު  [email protected] އަށް ފޮނުވަންވާނެއެވެ.

  • މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުށަހެޅުން

 

  • ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 10 އޭޕްރިލް 2024 ވާ ބުދަ ދުވަހުގެ  11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައިގައެވެ.
  • ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.އި.ޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީއްޔާއިން ފޮނުވާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

މާކުސް ދިނުން

 މާކުސް ދެވޭނެ ކަންކަން

މާކްސް/ޕޮއިންޓް

(%)

ހުށަހަޅާ އަގަށް

35

  • ލީސް އެކުއިޒިޝަން ކޮސްޓް(އެލް.އޭ.ސީ)

-         ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން އެލް.އޭ.ސީ ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

10

  • ބިމު ކުލި

-          ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް

ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ނަގާ މުއްދަތަށް ޖުމުލަ ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

-          ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް ބަދަލުގެންނަ އިންސައްތައަށް

ބިމު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް، ބިން ކުއްޔަށް ނަގާ މުއްދަތުގައި، އަހަރުން އަހަރަށް ގެންނަ އެންމެ ބޮޑު ކުރިއެރުމުގެ ޖުމުލަ އިންސައްތައަށް އެންމެ ގިނަ ޕޮއިންޓް.

20

  • ވިޔަފާރި މަންފާ ހިއްސާކުރާ މިންވަރު

-         ވިޔަފާރި ފައިދާއިން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ މިންވަރު

5

ހުށަހަޅާ ޕްރޮޕޯސަލް އަށް

65

  • ކުއްޔަށް ނަގާ މުއްދަތަށް ކުރާ އިންވެސްޓް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބިން ކުއްޔަށް ނަގާ މުއްދަތުގައި އެންމެ ބޮޑު އަދަދެއްގެ އިންވެސްޓްމެންޓެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

10

  • ޙިދުމަތް ދޭން ފަށާނެ މުއްދަތު

-         ބިން އެވޯޑް ކުރެވޭ ތާރީޚުން ފެށިގެން ޓުއަރިޒަމްގެ ވިޔަފާރި ފެށުމަށް ހުށަހަޅާ މުއްދަތު.

5

  • މުވައްޒަފުންގެ ގޮތުގައި ކެނދިކުޅުދޫ ރައްޔިތުން ހިމަނާނެ މިންވަރު.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ގޮތުގައި ކެނދިކުޅުދޫ ރައްޔިތުން ހިމެނުމަށް އެންމެ ބޮޑު އިންސައްތައެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

 

5

  • ތިމާވެށި ހިމާޔަތްކުރުމަށް ހަރަދުކުރާނެ މިންވަރު.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ ތިމާވެށި ހިމާޔަތްކުރުމަށް ޚަރަދުކުރާނެ އެންމެ ގިނަ އަދަދެއް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް

5

  • ސީ.އެސް.އާރުގެ ގޮތުގައި އަހަރަކަށް ހަރަދުކުރާނެ މިންވަރު.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސީ.އެސް.އާރުގެ ގޮތުގައި ނ. ކެނދިކުޅުދޫއަށް އަހަރަކަށް ޚަރަދު ކުރުމަށް އެންމެ ގިނަ އަދަދެއް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް

5

  • ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަސްވެރިކަމުން އުފައްދާ ބާވަތްތައް ގަންނާނެ އިންސައްތަ.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ބޭނުންކުރުމަށް އެންމެ ބޮޑު އިންސައްތައެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

5

  • ޓޫރިޒަމްގެ ބޭނުމަށް ޤާއިމުކުރަންޖެހޭ އިތުރު ޚިދުމަތްތައް ޤާއިމުކޮށް ހިންގާނެ މިންވަރު.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޓުއަރިޒަމްގެ ދާއިރާއިން ޤާއިމުކުރާ އެންމެ ގިނަ ޚިދުމަތްތައް/ފެސިލިޓީތައް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

10

  • ބައިނަލް އަޤުވާމީ ދުނިޔެއަށް ރަށް ހުޅުވައިލުމާއި،ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި ރަށް ޕްރޮމޯޓް ކުރުމަށް ޚަރަދުކުރާނެ މިންވަރު.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބައިނަލް އަޤުވާމީ ދުނިޔެއަށް ނ.ކެނދިކުޅުދޫ ހުޅުވައިލުމާއި، ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި ރަށް ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑު އަދަދެއް ޚަރަދުކުރުމަށް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

 

 

5

 

  • މަލީ ޤާބިލްކަމަށް

-          (1 އަހަރުގެ އެކައުންޓް ޓާންއޯވަރ ބަޔާންކޮށް ބޭންކުން ދޫކުރާ ރިފަރެންސް ލެޓަރ ނުވަތަ ތައްގަނޑު ޖެހި ބޭންކް ސްޓޭޓްމަންޓް ހުށަހަޅުމުން އެންމެ މަތީ ޓާންއޯވަރ ބެންޗުމާކު ކަމަށް ބަލައިގެން މާކްސްދޭ ގޮތަށެވެ. 1 އަހަރުގެ ޓާންއޯވަރ ބަލާނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 01 އަހަރުވާ ލިޔުމަށެވެ.( ރިފަރެންސް ލެޓަރގައި ބޭންކްގެ ތައްގަނޑާއި ސޮއި އޮންނަންވާނެއެވެ. ބޭންކް ސްޓޭޓްމަންޓް އަދި ރިފަރެންސް ލެޓަރ ބަލައިގަންނާނީ މިބީލަމުގައި ރަޖިސްޓްރީވާ ވިޔަފާރީގެ ބޭންކް އެކައުންޓް/އެކައުންޓްތަކުގެ ސްޓޭޓްމަންޓް ނުވަތަ ރިފަރެންސް ލެޓަރ އެކަންޏެވެ.

10

 

  • ތަޖުރިބާ

-         މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން، ޓުއަރިޒަމާއި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމާ އަދި މިދާއިރާއާ ގުޅުންހުރި ދާއިރާތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތަކަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 2 (ދޭއް) މާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

5

އިތުރު މަޢުލޫމާތު

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-   ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-   ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-   ފޯން: 6560013 ނުވަތަ 6560673 (ރަސްމީ ގަޑީގައި)

-   އީމެއިލް: [email protected]

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29   ޝަޢްބާން   1445

10   މާރިޗު    2024

10 މާރިޗު 2024
ހޯދާ