މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އޮފީސް މިހާރު ހިނގަމުންދާ އިމާރާތުގައި ހުރި ތަކެތި އެހެން އިމާރާތަކަށް ބަދަލުކޮށް ، ރާވާ، ތަރުތީބު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އޮފީސް މިހާރު ހިނގަމުންދާ މ. ފުރަންކަރަ އިން ގ. ސިކަންދަރުގެ އަށް ބަދަލުކުރަން ހަމަޖެހިފައިވާތީ ، އޮފީސް މިހާރު ހިނގަމުންދާ އިމާރާތުގައި ހުރި ތަކެތި އައު އިމާރާތަށް ބަދަލުކޮށް، ރާވާ، ތަރުތީބު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:

 

މިއިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މާރިޗު 2024 ވާ ބުދަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

 

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 17 މާރިޗު ވާ އާދީއްތަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 14 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

10 މާރިޗު 2024
ހޯދާ