ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ބާޠިލު ކުރުމާއިބެހޭ

     މި ރަށުން މިހާތަނާށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތަކަކީ ގޯތި ދޫކުރިތާ 5 (ފަސް) އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ގޯތިތައް ކަމަށްވެފައި، އަދި މި ގޯތި ތަކުގައި ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

     މިގޮތުން މި ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ގެންދިއުމަށް ތަކުރާރުކޮށް މި ގޯތި ތަކުގެ ވެރިފަރާތްތަކަށް އެންގިފައިވީ ނަމަވެސް މިއަދާއި ހަމައަށް އައިއިރު މި ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދިއުމާއި، އަދި މި ގޯތިތަކުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، މި ކައުންސިލުގެ 2024 ވަނަ އަހަރުގެ 8 ވަނަ އާންމު ބައްދަލުވުމުން ވަނީ ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން،  އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން އެ ގޯޗެއް ވަކި ކުރުމަށް ނިންމާފައެވެ.

     މިހެންކަމުން  ތިރީގައި މި ދަންނަވާ ގޯތި ތަކަކީ ގޯތި ދޫކުރެވުނު ތާރީޚުން ފެށިގެން ދިރިއުޅެން ނުފަށާ 5 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގޯތިތައް ކަމަށްވާތީ، މި އަދުން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި ތިރީގައި މިދަންނަވާ ގޯތިތަކުގައި ދިރިއުޅެން ނުފަށައިފިނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން އެ ގޯޗެއް ވަކިކުރެވޭނެ ކަމަށް އަންގަމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

ގޯތި ދޫކުރެވުނު ތާރީޚުން ފެށިގެން 05 (ފަހެއް) އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ، ދިރިއުޅެން ނުފަށާ ގޯތި ތަކުގެ ލިސްޓް

 

#

ނަން

ގޯތި ދޫކުރެވުނު ފަރާތް

1

މަރިޔަމް ލަތީފާ ގޯތި

މަރްޔަމް ލަޠީފާ ، ކަންމަތީގެ/ގއ.ކަނޑުހުޅުދޫ

2

ފަޠިމަތު ޙަސަން ގޯތި

ފާޠިމަތު ޙަސަން ، ޕާކީޒާ/ގއ.ކަނޑުހުޅުދޫ

3

މުޙައްމަދު އާދަމް  ގޯތި

މުޙައްމަދު އާދަމް ، ބޮކި ވިލާގެ/ގއ.ކަނޑުހުޅުދޫ

4

އިބްރާހިމް އަޙްމަދު ގޯތި

އިބްރާހީމް އަޙްމަދު، މިރުސްމާގެ/ ގއ.ކަނޑުހުޅުދޫ

5

ޒަރީރު ފާރޫގް  ގޯތި

ޒަރީރު ފާރޫޤު، އަސްރުމާގެ/ ގއ.ކަނޑުހުޅުދޫ

6

ފަހީމް މުޙައްމަދު ގޯތި

ފަހީމް މުޙައްމަދު، ކެޔޮޅުގެ/ ގއ.ކަނޑުހުޅުދޫ

7

ޖިހާދާ އަނީސް ގޯތި

ޖިހާދާ އަނީސް، ބުލޫރީޒް/ ގއ.ކަނޑުހުޅުދޫ

8

ހުސިން ދީދީ  ގޯތި

ޙުސިންދީދީ، ފެހިގެ/ ގއ.ކަނޑުހުޅުދޫ

9

މުޙައްމަދު ސަމީރު ގޯތި

މުޙައްމަދު ސަމީރު، ރެޑްހައުސް/ގއ.ކަނޑުހުޅުދޫ

10

ނާޒިމް އަލީ  ގޯތި

ނާޒިމް ޢަލީ، ތަރިވިދާގެ/ ގއ.ކަނޑުހުޅުދޫ

11

ސައުދުﷲ ޙަސަން ގޯތި

ސަޢުދުﷲ ޙަސަން، ރެޑްހައުސް/ގއ.ކަނޑުހުޅުދޫ

12

އަޙްމަދު ނަސީރު ގޯތި

އަޙްމަދު ނަސީރު، ސާދުނާމަންޒިލް/ގއ.ކަނޑުހުޅުދޫ

13

މަޢުސޫމް ޙަސަން ގޯތި

މަޢުސޫމް ޙަސަން، ހަނދުވަރުދޭގެ/ގއ.ކަނޑުހުޅުދޫ

14

ޒާހިދާ އަލީ ގޯތި

ޒާހިދާ އަލީ،  ފޫހިވާގެ/ ގއ.ކަނޑުހުޅުދޫ

15

ނިއުޝާ ވަހީދު  ގޯތި

ނިއުޝާ ވަހީދު،  ހެޕީހާޓް/ ގއ.ކަނޑުހުޅުދޫ

16

އަޙްމަދު ޒާހިރު ގޯތި

އަޙްމަދު ޒާހިރު، ފިނިހިޔާ/ ގއ.ކަނޑުހުޅުދޫ

17

ޢަލީ ޔާސިރު ގޯތި

އަލީ ޔާސިރު، ޖޫދާގެ/ގއ.ކަނޑުހުޅުދޫ

18

ޝަޙްނީޒާ އަބުދުﷲ  ގޯތި

ޝަޙްނީޒާ އަބުދުﷲ، ސެމީހައުސް/ގއ.ކަނޑުހުޅުދޫ

19

ޝަގިއްޔާ ޙުސައިން ގޯތި

ޝަގިއްޔާ ޙުސައިން، ހިތްފަސޭހަގެ/ގއ.ކަނޑުހުޅުދޫ

20

އަބުދުﷲ އިބްރާހިމް ގޯތި

އަބުދުﷲ އިބްރާހިމް، ކަށިކެޔޮމާގެ/ގއ.ކަނޑުހުޅުދޫ

21

މުޙައްމަދު ނިޝާތު ގޯތި

މުޙައްމަދު ނިޝާތު، ރީލްމަންޒިލް/ގއ.ކަނޑުހުޅުދޫ

22

އަޒްހަރު އިސްމާޢީލް ގޯތި

އަޒްހަރު އިސްމާޢީލް، ކަޅިރަވަ/ ގއ.ކަނޑުހުޅުދޫ

23

ޙަސަން ލުޠުފީ  ގޯތި

ޙަސަން ލުޠުފީ ، ފެހިއައްސޭރި/ގއ.ކަނޑުހުޅުދޫ

24

ޙަސަން ޢާލިމް ގޯތި

ޙަސަން ޢާލިމް، ކަންމަތީގެ / ގއ.ކަނޑުހުޅުދޫ

25

މުޙައްމަދު ނަސްރުﷲ ގޯތި

ނަސްރުﷲ ، އަންގޫރުމާގެ / ގއ.ކަނޑުހުޅުދޫ

 

 
10 މާރިޗު 2024
ހޯދާ