ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިބެހޭ

އިޢުލާން

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިބެހޭ

1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރުޒަކާތް ބަލައިގަތުން 02 ރަމަޟާން 1445 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 12:00 އަށް މި އިދާރާގައި އޮންނާނެއެވެ. އަދި ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ މިދުވަސްތަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ. ފިޠުރުޒަކާތުގެ ގޮތުގައި މީހަކަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދުގެ ތިރީގައި އެވަނީއެވެ.

އާދައިގެ ހަނޑޫ

ތައިލެންޑް ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ އާދައިގެ ހަނޑޫ

ބާސްމަތީ މޮޅު ހަނޑޫ

ބާސްމަތީ އެންމެ މޮޅުހަނޑޫ

އާދައިގެ ފުށް

އާޓާ ފުށް

-/12ރ

-/70ރ

-/80ރ

-/70ރ

-/100ރ

-/125ރ

-/10ރ

-/75ރ

         

މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ނަގުދު ފައިސާ އިންނެވެ. ނަޤުދު ފައިސާއިން ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ހަމައަށް ފައިސާ ދެއްކެވޭގޮތަށް ފައިސާ މާރުކުރައްވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި އޮންލައިންކޮށް ފިތުރުޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އިޢުލާން ނަމްބަރު   (IUL)496-A2/496/2024/1002 : (07 މާރިޗު 2024) ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މާރިޗު 2024
ހޯދާ