ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒާމް މެނޭޖްމެންޓް ސިސްޓަމް ސޮފްޓްވެއަރ އެޕްލިކޭޝަން އެއް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އެގްޒާމް މެނޭޖްމެންޓް ސިސްޓަމް ސޮފްޓްވެއަރ އެޕްލިކޭޝަން އެއް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

  1.  މިޑިޕާޓްމަންޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތައް އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިމްތިހާނުތައް ރާވާ އިންތިޒާމުކޮށް މާކު ކުރުމާއި ނަތީޖާތައް ނިންމުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްޓަކައި ބޭނުންކުރާނެ ސޮފްޓްވެއަރއެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 10 މާރިޗް 2024 ން 17 މާރިޗު 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.gle/8V81s4ybzqtkezvH8
  5. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 މާރިޗު 2024ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 20 މާރިޗު 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

  އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

  ފޯން:  4003966

  އީ-މެއިލް: [email protected]

10 މާރިޗު 2024
ހޯދާ