މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ

މި މިނިސްޓްރީގެ ފަރާތުން ޢާންމު ރައްޔިތުންނަށާއި މީޑިއާތަކަށް މަޢުލޫމާތު ދިނުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ފަރާތުން މީޑިއާ އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.  

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

01 އަހަރު (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލީ ވުޒާރާ، ކ. މާލެ

މުސާރަ:

 -/21,000 (އެކަވީސް ހާސް ރުފިޔާ)

 

މަޤާމްގެ މައިގަނޑު މައްސޫލިއްޔަތު:

 

  1. މިނިސްޓްރީން ހިންގޭ ޚަރަކާތތްތަކަށް ބޭނުންވާ ޕޯސްޓަރ، ފްލަޔަރ، ލީފްލެޓް ފަދަ ތަކެތި ޑިޒައިން ކުރުން.
  2. މިނިސްޓްރީން ކުރިއަށްގެންދާ ޚަރަކާތްތަކަށް ތައްޔާރު ކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި، ޕްރެޒެންޓޭޝަންތަކާއި، އޯޑިއޯ ރިޕޯޓުތަކާއި ވީޑިއޯ ރިޕޯޓްތައްފަދަ ތަކެތި ޑިޒައިންކޮށް ތައްޔާރު ކުރުން.
  3. މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ޓެކްނިކަލް ލަފަޔާއި އިރުޝާދު ދިނުމާއި އެފަދަ އިސްލާހުތަކާއި ތަރައްޤީ ގެނައުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރުން
  4. މިނިސްޓްރީގެ ވެބްސައިޓް، (އިނގިރޭސި އަދި ދިވެހި ކޮންޓެންޓް) އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދިރާސާކޮށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭ މަޢުލޫމާތު މެނޭޖްމެންޓަށް ދިނުމާއި، އެފަދަ ބަދަލުތައް އެޕްރޫވް ކުރެއްވުމުން އެ ބަދަލުތައް ގެނައުން
  5. ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  6. މިނިސްޓްރީން ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ހިއްސާކުރަން ބޭނުންވާ ޚަބަރާއި މަޢުލޫމާތު ވެބްސައިޓަށް ލުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަސޭހަ ގޮތަކަށް އެފަދަ މަޢުލޫމާތު ލިބިގަނެވޭނެ ނިޒާމެއް ޤާއިމް ކޮށް ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  7. މިނިސްޓަރ ބައިވެރިވެޑައިގަންނަވާ މުހިންމު މީޓިންގތަކާއި މިނިސްޓްރީގައި ބާއްވާ އެކިއެކި އިވެންޓަތަކުގެ ފޮޓޯ، ވީޑިއޯ ނަގާ އަދި އެ އިވެންޓްތަކުގެ މަޢުލޫމާތު ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން ހޯދާ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓް ކުރުން
  8. މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްސާ ކުރެވޭ މަޢުލޫމާތު ތަކަކީ އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް ބެލެހެއްޓުން
  9. މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި އިވެންޓްތަކިގައި ޢަމަލީ ގޮތުން ޙަރަކާތްތެރުވެ އުޅުން
  10. މިނިސްޓްރީގެ އިވެންޓްތަކާއި އެކިއެކި މަސައްކަތަށް ބޭނުންވާ ތަކެތި ޑިޒައިން ކުރުމާއި ގްރެފިކްސް މަސައްކަތް ކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ މަސައްކަތް ކުރުން

 

ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލްކަން:  

  • މަޤާމްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޕަބްލިކް ރިލޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޖާރނަލިޒަމް، މާރކެޓިންގ އަދި މީޑިއާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ ވަޒީފާއާ ގުޅުން ހުރި ދާއިރާއަކުން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ

- ވަނަވަރު

- ލިބިފައިވާ ތަޢުލީމީ ސާރޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ޓްރާންސްކްރިޕްޓް.

- ތަޖުރިބާގެ ލިޔުން

 

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މާރިޗް 2024 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް / އަމީނީމަގު،މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

10 މާރިޗު 2024
ހޯދާ