މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަތުން ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރު 12:00 ށް މިއިދާރާގައި އޮންނާނެއެވެ. އަދި ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅަފައިވާތީ މިދުވަސްތަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުންނެވެ.

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ނަގުދު ފައިސާއިންނެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް، މޯލްޑިވްސް ޒަކާތު ހައުސްގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ނުވަތަ، ޒަކާތު ހައުސް އިން ކަނޑައަޅާފައިވާ އިދާރާތަކާއި މުއައްސަސާތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހެނީ:  

  • އާދައިގެ ހަނޑޫ                         

12.00  ރުފިޔާ

  • ތައިލެންޑް ހަނޑޫ                       

70.00  ރުފިޔާ

  • ރަތް ހަނޑޫ                           

80.00  ރުފިޔާ

  • ބާސްމަތީ ހަނޑޫ (އާދައިގެ)                 

70.00  ރުފިޔާ 

  • ބާސްމަތީ ހަނޑޫ (މޮޅު)

100.00  ރުފިޔާ

  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު)              

125.00  ރުފިޔާ

  • އާދައިގެ ފުށް                         

10.00  ރުފިޔާ

  • އާޓާ ފުށް                           

75.00  ރުފިޔާ

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މާރިޗު 2024
ހޯދާ