މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
2025-2024 ވަނަ އަހަރު މިސްކޫލުގެ UKG ، LKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާގުޅޭ

އިޢުލާން

2025-2024 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާގުޅޭ!

2025-2024 ވަނަ އަހަރު މިސްކޫލުގެ UKG ، LKG އަދި ގްރޭޑް1 ށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 10 މާރިޗް 2024 ން 19 މާރިޗް 2024 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 12:30 އަށް ސްކޫލް އޮފީހުގައެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

ގްރޭޑް

2025-2024 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް

އެލް. ކޭ. ޖީ

2023 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

2023 ޑިސެންބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

2024-2023 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

2023 ޑިސެންބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

2024-2023 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 

ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2024-2025 ވަނަ އަހަރު މިސްކޫލުގެ UKG   ، LKG އަދި ގްރޭޑް1  ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 19 މާރިޗް 2024 ވަނަ ދުވަހުގެ 12:30 ގެކުރިން ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

10 މާރިޗު 2024
ހޯދާ