ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
މިކޯޓުގެ އިދާރީ ބައިގައި ޕާޓްޝަންއެއް ޖަހައިދޭނެ ފަރާތެއް ހޯދުން

މިކޯޓުންދޭ މައުލޫމާތާއި އެއްގޮތަށް މިކޯޓުގެ އިދާރީ ބައިގައި ލަކުޑި އަދި ބިއްލޫރި ބޭނުންކޮށްގެން ޕާޓްޝަނެއް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 މާރިޗު 2024 ގެ 13:15 އަށް މިކޯޓަށް ވަޑައިގެން ނުވަތަ ނަންބަރު: 6521679 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2024 ގެ 14:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރައްވައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

                    ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                    29  ޝައުބާން  1445 

                     10    މާރިޗު    2024 

10 މާރިޗު 2024
ހޯދާ