މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުފެދޭ ކުނި ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                         ނަމްބަރ:331/331/2024/29(IUL)

އިޢުލާން

 

ރަށުގައި އުފެދޭ ކުނި ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

                   މިރަށުގައި އުފެދޭ ދުވަހުން ދުވަހަށް ނައްތާލަން ބޭނުންވާ ކުނި ނައްތާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.                   

                   މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މާރިޗް 19 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.  

                   ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

10 މާރިޗު 2024
ހޯދާ