މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންޓެންޓް ކްރިއޭޓަރ - ރައިޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: IUL)MMPRC-HR/1/2024/26)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ކޮންޓެންޓް ކްރިއޭޓަރ -  ރައިޓަރ

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް-/2,899  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ކޮންޓެންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

    1. މިކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް ރިސަރޗް ބޭސްޑް ކޮންޓެންޓްތައް ތައްޔާރުކުރުން.
    2. ތައްޔާރުކުރެވޭ ކޮންޓެންޓްތަކުގެ ޑްރާފްޓް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުމަށްޓަކައި،  މަސައްކަތް ރާވާ ތަރުތީބު ކުރާނެގޮތުގެ ތާވަލެއް އެކުލަވާލުން.
    3. ޓީމްތަކާ ގުޅިގެން އާޓިކަލްތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމާއި، ކަނޑައެޅޭ ޑެޑްލައިންތަކަށް މަސައްކަތްތައް ނިންމުން. 
    4. އިންޑަސްޓްރީގައި ބޭނުން ކުރާ ބެސްޓްޕްރެކްޓިސްތަކާއި، މި ކޯޕަރޭޝަނުން ޙާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަށް ރިޢާޔަތްކޮށްގެން އުފެއްދުންތެރި ޚިޔާލުތަކަށް ކޮންޓެންޓްތައް ތައްޔާރުކުރުން.
    5. އިންޑަސްޓްރީއާ ގުޅުންހުރި ކޮންޓެންޓްތައް ތައްޔާރުކޮށް އެކިއެކި ޕްލެޓްފޯމުތަކުގައި ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ޝާޢިއުކުރުން.
    6. ކޯޕަރޭޝަނުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރެވޭނަފަދަ ގޮތަކަށް ކޮންޓެންޓްތައް ތައްޔާރުކުރުން.
    7. ކޯޕަރޭޝަނުން ފޯރުކޮށްދެވޭ މެސެޖުތަކުގެ ސްޓައިލް، ފޮންޓް އަދި ބަހުރުވަ އަދި ވައްޓަފާޅި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުންނަކަން ކަށަވަރުކުރުން.
    8. އެކިއެކި މީސްމީޑިއާގެ ވަޞީލަތްތަކާއި، އިންޓަރވިއުތަކާއި، ކޭސް ސްޓަޑީސްތައް ދިރާސާކޮށްގެން އިންޑަސްޓްރީ އާއި ގުޅުންހުރި މައުޟޫތައް ފާހަގަކޮށް، އެފަދަ މައުޟޫތަކާއި، ތީމްތަކަށް ކޮންޓެންޓް ތައްޔާރުކުރުން. 
    9. ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ސައްހަކަން ކަށަވަރުކޮށް، ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކޯޕަރޭޝަންގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމާއި އަދި ކޮންޓެންޓްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭ މެސެޖަކީ އާންމުންނަށް ދޭހަވާނެ ފަދަ ގޮތަކަށް ރައްދުކުރެވިފައިވާ މެސެޖެއް ކަން ޔަޤީންކުރުން.
    10. ކޯޕަރޭޝަނުން ތައްޔާރުކުރެވާ ކޮންޓެންޓް ތަކުގެ ފެންވަރު ދެމެހެއްޓުމާއި، އެތަކެތީގެ ސައްހަކަން ކަށަވަރުކޮށް ޕްރޫފް ރީޑް ކުރުން.
    11. މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން.
    12. ބްރެއިންސްޓޯމިންގ ސެޝަންތަކުގައި ބައިވެރިވެ، އުފެއްދުންތެރި ޚިޔާލުތަކާއި، އައުގޮތްތައް ހުށަހެޅުން.
    13. ޓީމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، ޓާގެޓްތައް ހާސިލުކުރުމަށްޓަކައި ޓީމާއި އެކު ގުޅިގެން ޕްރޮއެކްޓިވްކޮށް މަސައްކަތްކުރުން.
    14. ސެކްޝަނުން ތައްޔާރުކުރާ ރިޕޯޓް، ސިޓީ ފަދަ ލިޔެކިއުން ތައްޔާރުކޮށް ފައިލުކުރުމާއި ގުޅުންހުރި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.
    15.  ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

12 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/ މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

07 މާރިޗު 2024 

07 މާރިޗު 2024
ހޯދާ