މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-ކައުންސިލް އެގްޒެކެޓިވް (އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަން ސެކްޝަން)

އިޢުލާނު

 

މަޤާމު:

ކައުންސިލް އެގްޒެކްޓިވް

މަޤާމުގެ ނަންބަރު:

J-380547

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ . އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  / ށ ފުނަދޫ

މުސާރަ:

-/8835 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ ( މަހަކު )

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ

4 ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 1100.00 ރުފިޔާ

5 ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3- ސެކްޝަންގެ މަސައްކަތްތަކާއިގުޅޭ އެންމެހައި ކަންކަމުގައި ޑިޕާރޓްމެންޓް ހެޑަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން

4- މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްކުރުން

5- ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން

6- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށްކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ      ތަންތަން އެހެންފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި     މިއިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމުގެ މަސައްކަތް  ރާވާ ހިންގުން

7- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި      މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަމިފަދަ ތަކެތި މި ޤާނޫނުގެ ދަށުން ހެދޭ         ގަވާއިދުގައިވާ  ގޮތުގެމަތިން އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމުގެ މަސައްކަތް ރާވާ ހިންގުން

8- އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު      އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން

9- އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތުތަކުން         ނަފާވެރިކަން  ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތައްދެނެގަނެ އެމަސައްކަތް ރާވާ ބެލެހެއްޓުން

10- ޓްރަސްޓް ފަންޑްގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގާ ބެލެހެއްޓުން

11- ލޯކަލްއޮތޯރިޓީ ކުންފުނި ހިންގުމަށް އިދާރާއިން އިންތިޒާމްކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުން

12- ކައުންސިލުގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުންބައިވެ އެމަސައްކަތް ރާވާ ހިންގުން

13- ބިޒްނަސް ޕްލޭންގެ ދަށުން ކައުންސިލުގެ އާމްދަނީ އިތުރުކުރުމަށް ހިންގިދާނެ ޕްރޮގްރާމްތައް ދެނެގަނެ ކައުންސިލަށް ހުށައެޅުން

14- އަތޮޅުގެ ފަޅުރަށްރަށް ބެލެހެއްޓުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، އެރަށްރަށުން ނަފާ ހޯދުމުގެ މަސައްކަތްރާވާ ހިންގުން

15- އަތޮޅު ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ރާވާ ހިންގުން

16- އަތޮޅުކައުންސިލްގެ ތަރައްޤީޕްލޭންއިން ހާސިލުވަމުންދާ މިންވަރުބަލައި ރިޕޯޓް އެކުލަވާލައި އާއްމުކުރުމުގެ     މަސައްކަތްތައް ރާވައިހިންގުން

17-  އަތޮޅު ކައުންސިލްގެ އިހްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުން

18- އަތޮޅުކައުންސިލުގެ މަސައްކަތު ތާވަލުއެކުލަވާލުމާއި، ތަންފީޒުކުރުމުގެ ގޮތުންކުރަންޖެހޭ މަސައްކަތްތައް ރާވާ   ހިންގުން

19- ކާރިސާތަކާއި ގުޅޭ މަޢުލޫމާތު އެއްކޮށް ކަމާއިގުޅުން ހުރި މުވައްސަސާތަކާއި ހިއްސާކުރުމުގެ މަސައްކަތްތައް   ރާވައި ހިންގުން

20- އަތޮޅުގެ ޑިޒާސްޓަރ މެނޭޖުމެންޓު ޕްލޭންއެކުލަވާލުމާއި ޕްލޭން ތަންފީޒުކުރުމަށް ޤައުމީ އިދާރާތަކާއި އެކު   ކުރެވޭ މަސައްކަތްތައް ރާވާ ހިންގުން

21- ބޯހިމެނުމާއި، އަތޮޅު ފެންވަރުގައި އެއްކުރަންޖެހޭ ތަފާސް ހިސާބުތައް އެއްކޮށް އަދާހަމަކޮށް ބެލެހެއްޓުމާއި     މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވާ ހިންގުން

22- އަތޮޅު ކައުންސިލުން އެކުލަވާލައި ބަލަހައްޓަން ކަނޑައަޅާ އެސް.އޯޕީ ތައް ހެދުމާއި ، އަހުލުވެރިކުރުމުގެ     މަސައްކަތް ރާވާ ހިންގުން

23- އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމަށް ކުރަންޖެހޭ އިދާރީ     މަސައްކަތްތައް  ކުރުމާއި، ކައުންސިލުގެ ސިޔާސަތުތައް ތަންފީޛުކުރުމަށް އިދާރީ މަސައްކަތްތައް ކުރުން

24- ކައުންސިލުން ރާވާ ޕްރޮގްރާމްތަކަށް ފަންޑު ހޯދުމަށް ހުށައަޅަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި   ފަންޑުހޯދުމުގެ މަސައްކަތްރާވާ ހިންގުން

25- ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން   ދިނުން

26- ބަޖެޓްގައި ހިމެނޭ ޕްރޮގްރާމްތަކުގެ ތެރެއިން އާންމުކޮށް ބީލަމަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ރޭވިފައި   ހުރިހަރަކާތްތައް ކުރިއަށްގެންދިއުން

27- އަތޮޅު ކައުންސިލާއި ރަށުކައުންސިލުތަށް ގުޅިގެން ހިންގާ އެކިއެކި ޕްރޮޖެކްޓްތައް ރާވާ ކުރިއަށް ގެންދިއުން

28- ގައުމީ އިދާރާތަކުން ހިންގާ ވަކިރަށަކަށް ނިސްބަތްނުވާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިވެދީ އިދާރީ   ކަންކަން  ބެލެހެއްޓުން

29- ގައުމި އިދާރާތަކުން އަތޮޅު ކައުންސިލު މެދުވެރިކޮށް ހިންގޭ ޕްރޮޖެކްޓްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި   ޕްރޮޖެކްޓްތައްހިންގުން

30- ސްޕަވައިޒްކުރާ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާއި ، މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް   ނިންމުން

31- މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި   ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ ދާއިރާ

އެޑްމިނިސްޓްރޭޝަން ، މެނޭޖްމަންޓް

މަޤާމުގެ ތަޢުލީމީ ރޮނގުތައް ( ޕްރިފަރޑް )

އެކައުންޓިންގ ، އެޑްމިނިސްޓްރޭޝަން ، އެގްރިކަލްޗަރަލް ސައިންސް ، އެންތްރޯޕޮލޮޖީ ، އާކިޓެކްޗަރ ، ބިޒްނަސް ، ބިޒްނަސް އެޑްމިނިސްޓްރޭޝަން  ، ބިޒްނަސް މެނޭޖްމަންޓް ، ސިވިލް އިންޖިނިއަރިންގ ، ކޮމާސް ، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ، ކޮމްޕިޔުޓަރ ސައިންސް ، ކައުންސިލް އެޑްމިނިސްޓްރޭޝަން ، ކަލްޗަރ އެންޑް ހެރިޓޭޖް ، ޑިމޮގްރަފީ ، ޑިވެލޮޕްމަންޓް ސްޓަޑީޒް ، އިކޮނޮމިކްސް ، އެޑިޔުކޭޝަން ، އެންވަޔަރަންމެންޓަލް ސައިންސް ، ފައިނޭންސް ، ގަވަރނަންސް ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  ، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ، ހިއުމަން ރިސޯސް ، އިންފޮމޭޝަން ޓެކްނޮލޮޖީ ، އިންޓަރނޭޝަނަލް ރިލޭޝަން ، ލޯ ، ލީޑަރޝިޕް ، ލައިބްރަރީ ސައިންސް ، ލޯކަލް ގަވަރނަންސް ، މެނޭޖްމަންޓް ، މެރިން ސައިންސް ، މާކެޓިންގ ، އޮފީސް އެޑްމިނިސްޓްރޭޝަން ، ޕޮލިސީ ސްޓަޑިޒް ، ޕޮލިޓިކަލް ސައިންސް ، ޕްރޮޖެކްޓް މެނޭޖްމަންޓް ، ޕަބްލިކް އެޑްމިނިސްޓްރޭޝަން ، ޕަބްލިކް މެނޭޖްމަންޓް ، ޕަބްލިކް ޕޮލިސީ ، ޕަބްލިކް ރިލޭޝަންސް ، ޝަރީޢާ އެންޑް ލޯ ، ސޯޝަލް ސައިންސް ، ސޯޝަލް ވޯރކް ، ސޯޝިއޮލޮޖީ ، ސްޕޯރޓްސް މެނޭޖްމަންޓް ، ސްޓެޓިސްޓިކްސް ، ސްޓްރަކްޗަރަލް އިންޖިނިއަރިންގް ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ، އަރބަން ޕްލޭނިންގ ، އާބަން ސްޓަޑީޒް

ކޯ ޑިސިޕްލިން

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2024 މާރިޗު 24 އާއި 2024 އޭޕްރިލް 25 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 މާރިޗު 2024
ހޯދާ