މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން އިމާމުކަމުގެ މަގާމަށް މުވައްޒަފަކު ހޯދުން

ވަޒީފާގެ ފުރުޞަތު

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން އިމާމުކަމުގެ މަގާމަށް މުވައްޒަފަކު ބޭނުންވެއެވެ.

 

މަގާމު

އިމާމު/ މުދިމު

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 7,000.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,000.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ،/ އެމް.އެން.ޑީ.އެފް ކްއޯޓާރ މާސްޓަރ ސަރވިސް

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

އިމާމުކޯސް ލެވެލް 3 އަދި ޤާރީ ކޯސް ލެވެލް 3 ފުރިހަމަކޮށްފައިވުމާއެކު، އިމާމުކަމުގެ ވަޒީފާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް

  • ވަގުތަށް ފަރުވާތެރި ގަޑިއަށް ބަންގިގޮވޭނެ މީހަކު ކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން

އެމް.އެން.ޑީ.އެފް ބަންޑާރަކޮށި

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1. ކޮންމެ ނަމާދުވަގުތެއްގެކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކޮށް، ފަރުޟު 5 ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކަންތައްތައް ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން.

3. އެމް.އެން.ޑީ.އެފް އިން އެއިރަކު ހަމަޖައްސަވާ މިސްކިތެއް، ފޮޅާ ސާފުކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 މާރިޗު  18 ވާ ހޯމަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

07 މާރިޗު 2024
ހޯދާ