ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
SSC އިމްތިހާނުގެ ޕޭޕަރ މާރކިން ބޭއްވުމަށް ހޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

SSC އިމްތިހާނުގެ ޕޭޕަރ މާރކިން ބޭއްވުމަށް ހޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

  1. 2024 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ SSC މާރކިން ބޭއްވުމަށް 100 މީހުންހެ ޖާގައިގެ 2 ހޯލް ހޯދުމަށް ބޭނުންވެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 07 މާރިޗް 2024 ން 12 މާރިޗު 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.gle/Eo7ZFothwfpP587V9
  5. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 މާރިޗު 2024ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

  އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

  ފޯން:  4003966

  އީ-މެއިލް: [email protected]

07 މާރިޗު 2024
ހޯދާ