ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ކޭސް އެނަލިސްޓް (ސީނިއަރ އޮފިސަރ)

މަޤާމް:

ކޭސް އެނަލިސްޓް (ސީނިއަރ އޮފިސަރ)

މަޤާމް ނަންބަރު:

TAT-132

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

-  އަސާސީ މުސާރަ: -/8,000 ރުފިޔާ

-  ނޮން ޕްރެކްޓިސިންގ އެލަވަންސް: -/3,200 ރުފިޔާ (އަސާސީ މުސާރައިގެ %40)

-  ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

-  ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

-  ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ ދެވޭނެ

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ބަލައި ދިރާސާކުރުން.
  2. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން މެމްބަރުންނަށް ލަފާދިނުން. 
  3. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ނިންމުމަށް ރިއާޔަތްކޮށް ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާއަށް އަންނަ ބަދަލުތައް ހިސާބުކުރުމާއި، މިކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. 
  4. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލުން ބެލޭނޭ  މައްސަލަތައް ކަނޑައެޅުމުގައި ރަޖިސްޓްރާރއަށް ބޭނުންވާ ލަފާދިނުން. 
  5. ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ބޭއްވޭ އިންޓާރނަލް ޓްރޭނިންގތައް ތައްޔާރުކޮށް ހިންގުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވެދިނުން.
  6. ސެކްޝަނަށް ބޭނުންވާ ދިރާސީ މަސައްކަތްތައް ކުރިއަށްގެންދިއުން .
  7. ސެކްޝަންގެ މަސައްކަތްތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  8.  ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގައި ސެކްޝަނުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ތައްޔާރުކުރުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވެދިނުން. 
  9. ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން މާލެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  10. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.
  11. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ކުރިއަށްގެންދިޔުން .

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  2. އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 6 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު އެކައުންޓިންގ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ނުވަތަ އެއާއި އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ ދާއިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

 

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 18 މާރިޗް 2024 އާއި 28 މާރިޗް 2024 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

 

އެހެނިހެން މަޢުލޫމާތު

-  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

-  ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

 

07 މާރިޗު 2024
ހޯދާ