މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިތުރުޒަކާތް ބަލައިގަތުމާއިބެހޭ

1445 ވަނަ އަހަރުގެ ފިތުރުޒަކާތް ބަލައިގަތުމާއިބެހޭ

          02 ރަމަޟާން 1445 އިން  27 ރަމަޟާން 1445 ފިތުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވީ ނަމަވެސް، ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައަޅުއްވާފައިވާތީ، މިއަހަރު ( 1445 ) ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރޗު 2024 ން 28 މާރޗު 2024 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ  9:30 ން 12:00 ށް ކަމުގައި ދަންނަވެމެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މިއިޢުލާން އާއިއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނެރުއްވާ ފައިވާ، 1445 ވަނަ އަހަރު ފިތުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު އިނގޭ ލިސްޓް ހިމެނިފައިވާނެއެވެ. 

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               26  ޝަޢުބާން 1445

               07 މާރިޗު 2024

07 މާރިޗު 2024
ހޯދާ