ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިޒަމްގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުން

ޓޫރިޒަމްގެ ވިޔަފާރި  ކުރުމަށް ކޮނޑޭ ޓޫރިޒަމް ޒޯނުން ގެސްޓް ހައުސް ހަދައި ހިންގުމަށް 2 ބިމާއި، ޑައިވިންގ ސެންޓަރ ހަދައި ހިންގުމަށް 1 ބިން ބިން 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. 

  1. 1.      ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބާވަތާއި، މިންތައް:
  • ޑައިވިންގ ސެންޓަރ ހަދައި ހިންގުމަށް – 2936.61 (ދެހާސް ނުވަސަތޭކަ ތިރީސް ހައެއް ޕޮއިންޓް ހައެއް އެކެއް) އަކަފޫޓް.
  • ގެސްޓް ހައުސް ހަދައި ހިންގުމަށް – 5110.10 (ފަސްހާސް އެއްސަތޭކަ ދިހައެއް ޕޮއިންޓް އެކެއް ސުމެއް) އަކަފޫޓް.
  • ގެސްޓް ހައުސް ހަދައި ހިންގުމަށް – 10034.71 (ދިހަހާސް ތިރީސް ހަތަރެއް ޕޮއިންޓް ހަތެއް އެކެއް) އަކަފޫޓް.

 

  1. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ) މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމަށް މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 (ށ) މި ބިންތަކުގައި ބޭނުން ކުރެވޭނީ ހަމައެކަނި މިބިންތައް ކުއްޔަށް ދޫކުރުމަށް މިއިޢުލާނުގައި ބަޔާން ކޮށްފައިވާ ބޭނުމަށެވެ. އިތުރު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މިބިންތަކުގައި ނުކުރެވޭނެއެވެ. 

 (ނ) މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީކޮށް ބީލަން ގަތުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރިޗު 2024 ވާ އަންގާރަ ދުވަހުން ފެށިގެން 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން 13:00 އަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއިންނެވެ.

 (ރ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާ 5,000 (ފަސްހާސް) ރުފިޔާއަށެވެ.

 (ބ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.

 (ޅ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:15 އަށް ކޮނޑޭ ކައުންސިލް އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޟިރުވެއެވެ.

 (ކ) އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 ނުވަތަ 9662499 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބަޔާންކޮށްފައިވާ ބިން ކުއްޔަށް ދޫކުރުމަށް ޢަމަލު ކުރާނެ ގޮތުގެ އުޞޫލް" ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމުގެ އުޞޫލާއި، ބިމުގު ޗާޓް މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

07 މާރިޗު 2024
ހޯދާ