މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަން ހަމަޖެހިފައިވާ ކާޑު ދޯނިން ބޭލުމާއި ، ގުދަންކުރުމާގުޅޭ

 

އިޢުލާން

 

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަން ހަމަޖެހިފައިވާ ކާޑު ދޯނިން ބޭލުމާއި ، ގުދަންކުރުމާގުޅޭ:

 

             ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި އޭދަފުއްޓަށް ބެހުމަށް ގެންނަ ކާޑުތައް ދޯނިން ބޭލުމާއި ގުދަން  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީއާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

              ވީމާ، މިކަންކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 މާރިޗު 07 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް  މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  7903065 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

 

 

                                                             25  ޝަޢުބާން 1445ހ

06 މާރިޗު 2024
ހޯދާ