މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއިކްބުކްސް ޕްރޯ 2015 ގަތުން

ރ. އަތޮޅުގެ ކައުންސިލްތަކުގައި ބޭނުންކުރުމަށް ކުއިކްބުކްސް ޕްރޯ 2015 ގަތުން

ރ. އަތޮޅުގެ ކައުންސިލްތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މިކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ކައުންސިލްތަކުގައި ބޭނުން ކުރުމަށް ކުއިކްބުކްސް ޕްރޯ 2015 ސޮފްޓްވެއަރ އިންސްޓޯލްކޮށް އެބޭނުންކުރާނެގޮތުގެ ތަމްރީނު ކައުންސިލްތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015
ހޯދާ