ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު ( ހަންހާރަފެންޑާ މަރާމާތުކުރުމަށް )

ހއ.އަތޮޅު ހޮސްޕިޓަލްގެ ހަންހާރަފެންޑާ އަމިއްލަ ތަކެތީގައި މަރާމާތު ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު، 25 މާރޗް 2024 ވާ ހޯމަ ދުވަހުގެ 13:00 ށް ބީލަން ހުށަހެޅުއްވުމަށްޓަކައި ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށްޓަކައި ގަޑިއަށް ވަޑައިނުގަންވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  އަދި ދަންނަވަމެވެ، ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި  6500093 ނަންބަރު ފޯނަށެވެ.

05 މާރިޗު 2024
ހޯދާ