ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫސިޓީން ބަންޑާރަ ބިން ގަނެވިއްކުމަށް ކައުންސިލަށް ދައްކަންޖެހޭ ޢަދަދު އަކަފޫޓަކަށް 300ރުފިޔާއަށް ބަދަލުކުރުން:

އިޢުލާން

 

ތިނަދޫސިޓީން ބަންޑާރަ ބިން ގަނެވިއްކުމަށް ކައުންސިލަށް ދައްކަންޖެހޭ ޢަދަދު އަކަފޫޓަކަށް 300ރުފިޔާއަށް ބަދަލުކުރުން:

 

                ތިނަދޫ ސިޓީން ބަންޑާރަ ބިން ގަނެވިއްކުމުގައި ދައުލަތަށް (ކައުންސިލަށް) ދައްކަންޖެހޭ ފީގެ ގޮތުގައި އަކަފޫޓަކަށް ކަނޑައަޅުއްވާފައިވާ 50 ރުފިޔާއަކީ ވަރަށް ކުރިން ސަރުކާރުން ކަނޑައަޅުއްވާފައިވާ ޢަދަދަކަށްވެފައި، އިޤްތިޞާދަށް އައިބަދަލުތަކާއެކު ތިނަދޫ ސިޓީގެ ބިމުގެ މާރކެޓް ވެލިއު އުފުލިފައިވާކަމަށް މިކައުންސިލަށް ޤަބޫލުކުރެވޭތީ 03 ޖަނަވަރީ 2024އިން ފެށިގެން ތިނަދޫ ސިޓީގެ ބަންޑާރަ ބިންގަނެ ވިއްކުމަށް ދައުލަތަށް (ކައުންސިލަށް) ދައްކަންޖެހޭ ޢަދަދަކީ އަކަފޫޓަކަށް 300 (ތިންސަތޭކަ) ރުފިޔާ ކަމަށް 03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާތީ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.  

05 މާރިޗު 2024
ހޯދާ