ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކުރުފާނު މަގުގައި ހުރި ރުއްގަސްތައް ނަގައި މަގު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ހދ. ނޭކުރެންދޫ ތަކުރުފާނު ހިނގުމުގައި ހުރި ރުއްގަސްތައް ނަގައި އެ މަގު ސާފުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ދިނުން

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 07 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

07 މާރޗް 2024 ން 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ދޫކުރެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނިއެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

މި ބައްދަލުވުން އޮންނާނީ 19 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 މާރިޗު 2024
ހޯދާ