މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ - ވެއަރހައުސް / މިފްކޯ، ހެޑް އޮފީސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ވެއަރހައުސް  / މިފްކޯ، ހެޑް އޮފީސް

މުސާރަ:

11880.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ސެކްޝަންތަކުން ގެންނަ ސްލިޕްތަކަށް މުދާ ދޫކުރުމުގައި ޗެކްކޮށް، މުދާ ދޫކޮށް، އެ މުދަލަށް އިޝޫ ސްލިޕް ހަދައި ސިސްޓަމް އަޕްޑޭޓް ކުރުން.
  • ވެއަރހައުސްގެ ޖެނެރަލް ސްޓޮކް (ފުޑްއައިޓަމްސް ފިޔަވައި) ބަލަހައްޓައި، މަދުވާ އައިޓަމްތައް ލިސްޓްއައުޓްކޮށް ސީނިއަރ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  • ފާސްޓް މޫވިންގ، ސްލޯމޫވިންގ، އަދި ނަންމޫވިންގ މުދާތައް ފާހަގަކޮށް ރިޕޯރޓް ކުރުން.
  • މުދާ އާރޖެންޓުކޮށް ދޫކުރަންޖެހިއްޖެ ހިނދެއްގައި ވެއަރހައުސް އިންޗާރޖްގެ މަޝްވަރާގެ މަތިން ދޫކުރުމަށްފަހު، ސިސްޓަމް އަޕްޑޭޓްވަންދެން އެ ސްލިޕްތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، ސިސްޓަމް އަޕްޑޭޓްވުމުން ލަސްނުކޮށް އިޝޫ ސްލިޕް ހަދައި ސިސްޓަމް އަޕްޑޭޓް ކުރުން.

 

  • ޑިޕާރޓްމަންޓްތަކުން ޕީ.އާރް.ކިއު ހެދުމަށް ގެންނަ އެމް.އާރް.އެންގެ ތެރެއިން މާލެއިން ގަންނަންޖެހޭ މުދަލުގެ ޕީ.އާރް.ކިއު ހަދައި ސޮއިކުރުވައި މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން.
  • ޖެނެރަލް ސްޓޮކަށް ޕީ.އާރް.ކިއު ހަދައި ސޮއިކުރުވައި މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން.
  • އޯވަސީސްކޮށް ގަންނަންޖެހޭ މުދަލަށް ޕީ.އާރް.ކިއު ހަދައި ސޮއިކުރުވައި މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން.
  • އޯވަސީސް އަދި ލޯކަލް ޕީ.އާރް.ކިއު ސްޓޭޓަސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޭޝަން ފޯމް (ފޯމް އިއުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.)

  • ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 06 މާރިޗު 2024 ވަނަ ދުވަހު މެންދުރު  14:00ގެ ކުރިން އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަ ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
03 މާރިޗު 2024
ހޯދާ