ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2015 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ އަހަރީ މާލީ ހިސާބުތަކުގެއޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2015 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ އަހަރީ މާލީ ހިސާބުތަކުގެ އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2015 ވަނަ އަހަރު ކުންފުނީގެ އޮޑިޓް ކުރުމަށް 3 އޮޑިޓް ފާމަކުން ވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން ކުރިމަތިލައްވާފައިވާ ފަރާތްތަކާ ހުށަހެޅުއްވި އަގު އަދި އެފަރާތްތަކުން 2014 ވަނަ އަހަރު އެސްޓީއޯއަށް ކޮށްދެއްވައިފައިވާ މަސައްކަތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

އޮޑިޓް ފާރމް

ފާއިތުވެދިޔަ އަހަރު ކުންފުންޏަށް ކޮށްދެއްވާފައިވާ މަސައްކަތް

ހުށަހަޅާފައިވާ އަގު (އެމެރިކާ ޑޮލަރ)

ޕްރައިޒް ވޯޓަރ ހައުސް ކޫޕާރސް

ބައެއް ސަބްސިޑިއަރީތަކުގެ އެކްސްޓަރނަލް އޮޑިޓްގެ މަސައްކަތް. އަދި ބައެއް ސަބްސިޑިއަރީތަކަށް ކޮންސަލްޓެންސީގެ ޚިދުމަތްވެސް ދެއްވައިފައިވޭ.

40,000.00

ކޭޕީއެމްޖީ ފޯރޑް، ރޯޑް އެންޑް ތޯންޓަން

2014 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓަރނަލް އޮޑިޓްގެ މަސައްކަތް. އަދި ބައެއް ސަބްސިޑިއަރީތަކަށް ކޮންސަލްޓެންސީގެ ޚިދުމަތްވެސް ދެއްވައިފައިވޭ.

39,000.00

އަރންސްޓް އެންޑް ޔަންގ

ބައެއް ސަބްސިޑިއަރީތަކަށް ކޮންސަލްޓެންސީގެ ޚިދުމަތް ދެއްވައިފައިވޭ.

42,000.00

14 އޭޕްރިލް 2015
ހޯދާ