ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލް އިދާރާގެ 11 ވަނަ ޤުރްއާން މުބާރާތް

                   ކުޑަހުވަދޫ ކައުންސިލް އިދާރާގެ 11 ވަނަ ޤުރުއާން މުބާރާތް 2024 އޭޕްރީލް 1 ވަނަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 މާރޗް 23ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރާ ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. ފޯމް ފުރުއްވަންވާނީ ދިވެހި ބަހުންނެވެ.

                   މިއީ ކުޑަހުވަދޫގެ ރައްވެހިންނަށް އާއްމުކޮށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ ބަލައިގެންކިޔެވުން ނުވަތަ ހިތުންކިޔެވުން މިދެގޮފީގެތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައިބައިވެރިވާ ފަރާތަކަށް ހިތުންކިޔެވުމުގެ ގޮފީގައި ބައިވެރިއެއްނުވެވޭނެއެވެ.

                   މުޅި މުބާރާތުގެ ހުރިހާގޮތަކުން 1 ވަނައަށްހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް، 2 ވަނައަށްހޮވޭ ފަރާތަކަށް 15000.00(ފަނަރަހާސްރުފިޔާ) އަދި 3 ވަނައަށްހޮވޭ ފަރާތަކަށް 7000.00(ހަތްހާސްރުފިޔާ)ގެ ފައިސާގެ ޢިނާމް ކަނޑައެޅިފައިވެއެވެ. މީގެ އިތުރުން އެކި ޢުމުރުފުރާތަކުންވެސް ވަނަހޮވާގޮތަށްވަނީ ހަމަޖެހިފައެވެ.

                   މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާއާއި، މުޤައްރަރާއި، ޤަވާއިދު މިއިޢުލާނާއި އެކު ހިއްސާކުރެވިފައިވާނެއެވެ. ޢުމުރު ބަލާނީ، ފޯމް ހުށައެޅުމުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ  6760522 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބައިވެރިވާން އެދޭ ފޯމުގެ ލިންކް: https://rb.gy/98u7zm

މުބާރާތުގެ ޤަވާއިދުގެ ލިންކް: https://rb.gy/d4kaux

04 މާރިޗު 2024
ހޯދާ