މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކިންގް ސަލްމާނު މިސްކިތުގެ ބައެއް މަރާމާތު ކުރުން

އިޢުލާން

ކިންގް ސަލްމާނު މިސްކިތުގެ މާބްލް އޭރިއާގެ މަސައްކަތާއި، ސިޑިރެއިލިން އެސް.އެސް. މަސައްކަތާއި އެހެނިހެން މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)142-A1/142/2024/44 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ. 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2024 މާރިޗް 7 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކިންގް ސަލްމާނު މިސްކިތުގައި އޮންނާނެއެވެ. 

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 މާރިޗް 07 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/6CprKpHCga

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 މާރިޗް 14 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2024 މާރިޗް 10 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

04 މާރިޗު 2024
ހޯދާ