ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

  • ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

-          ހޯލްއިމާރާތުގެ އަސްކެނި ސީލިންގ މަރާމާތުކުރުން

-          ހޯލްއިމާރާތުގައި ކުލާސްތައް ވަކިކުރުމަށް ޖަހާފައިވާ ޕާޓިޝަންތައް މަރާމާތުކުރުން

-          ކުޑަދޮރުތަކުގެ ތަންޑުތައް ރަނގަޅުކުރުން.

-          ސްޓޭޖްކުލާހުގެ ޓިވީއަށް ސޮކެޓުއެޅުން

  • ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 6 މާރިޗް 2024 (ބުދަ) ދުވަހުގެ 10:30 ހަށް ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރިޗް 2024 (އާދިއްތަ) ދުވަހުގެ 10:30 އަށް ސްކޫލަށްދުރުވެ ކޯޓޭޝަން ހުށައެޅުން އެދެމެވެ.

އަގު ހުށައަޅުއްވާއިރު ތިރީގައިވާ ކަންތައްތަކަށް ސަމާލުކަންދެއްވުން އެދެމެވެ.

-          މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނޭގޮތަށް ތަފްސީލާއެކު ހުށައެޅުން.

-          މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން.

  • މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
04 މާރިޗު 2024
ހޯދާ