މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް ޓޫލްސް އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

އިއުލާން ނަމްބަރު: (IUL)475/475/2024/34

އިއުލާން

"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް ޓޫލްސް އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް ޓޫލްސް އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.

ބިޑިންގ ޑޮކިއުމަންޓް:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް [email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗު 2024 ވާ ހޯމަ ދުވަހުގެ ހެނދުނު  11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއިހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]      

ފޯން: 306982/3026975

 

ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

04 މާރިޗު 2024
ހޯދާ