މާވަށު ސްކޫލް
ދިވެހިރާއްޖެ
އިނާމު ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް

މި ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ސްކޫލުން ފޯރުކޮށްދޭ ނަމޫނާއާ އެއްގޮތަށް މާވަށު ސްކޫލުގެ 2014 ވަނަ އަހަރުގެ ތަޢުލީމީ އިނާމު ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ( ކޯޓޭޝަން ) ހިއްޕަވައިގެން ސްކޫލަށް ވަޑައިގެން ދެއްވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6800010 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.   

14 އޭޕްރިލް 2015
ހޯދާ