މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސީނިއަރ ޑެސްކް އޮފިސަރ

`

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

    މާލެ، ދިވެހިރާއްޖެ    

(IUL)25-A5/25/2024/21 :ނަންބަރު

އިޢުލާނު

މަޤާމު:

ސީނިއަރ ޑެސްކް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.ޕީ.އެސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (އިންފޮރމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް)

މުސާރަ:

 -/5,610 ރ.

ސަރވިސް އެލަވަންސް:

 -/2,000 ރ.

އެހެނިހެން އެލަވަންސް:

-   ސްޕެޝަލް ޑިއުޓީ އެލަވަންސް: 1,964.00ރ

-   ސަޕޯޓިންގ ކޯ އެލަވަންސް:700.00ރ

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

-   ފޮރިން ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ އީމެއިލް، ޖެމްސް، ނެޓްވޯކް، އަދި މުވައްޒަފުންނަށް ބޭނުންވާ އެހެނިހެން އެކްސެސް ދިނުމުގެ މަސައްކަތްތައް ކުރުން
  2. ސަރވަރ ބެކްއަޕް ނެގުމާއި، ސެކިއުރިޓީ ބެލެހެއްޓުމާއި، ނެޓްވާކް ސެކިއުރިޓީ، އީމެއިލް ސެކިއުރިޓީ އަދި ސިސްޓަމްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރ އަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމުގެ މަސަތްކަތް ކުރުން
  3. ނެޓްވަރކް ގައި ހިމެނޭ އިކުއިޕްމަންޓްތަކުގެ ތެރެއިން މެއިންޓެނަންސް ބޭނުންވާ ތަކެތި ފާހަގަކޮށް އެ ތަކެއްޗަށް ސަރވިސް ދިނުމާ ބެހޭ މަސައްކަތްތައް ބެލެހެއްޓުން
  4. މިނިސްޓްރީގައި ބޭނުން ކުރެވޭ އެކިއެކި ސޮފްޓްވެއަރ ލައިސަންސް އައުކުރުމާއި ގުޅޭ މަސައްކަތް ކުރުން
  5. މިނިސްޓްރީގެ މުވާސަލާތީ ޚިދުމަތްތަކަށް ދިމާވާ މައްސަލަތައް ހައްލުވޭތޯ ބެލުން އަދި ނެޓްވޯކުގެ ފެންވަރުބަލައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކުރުން
  6. މިނިސްޓްރީގެ ވޯކްސްޓޭޝަންތައް ޤާއިމްކުރާއިރު ބޭނުންވާ ނެޓްވާކް ކޭބަލް އާއި ފޯން ކޭބަލްތައް ފަދަ ތަކެތި ގުޅުވައި ދިނުމާއި ސްޓޭޝަންތައް ތައްޔާރުކުރުގެ މަސައްކަތްތައް ކުރުން
  7. މިނިސްޓްރީގައި ބޭނުންކުރާ ސިސްޓަމްތަކުގެ ވައިރަސް ސްކޭންކުރުމާއި ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާބެހޭ މަސައްކަތްތައް ކުރުން
  8. މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓްތަކަށް އައި.ޓީ. ދާއިރާއިން ބޭނުންވާ އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން
  9. ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ ގޮތުން އަންނަ މުއާމަލާތްތައް ދުވަހުން ބަލައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް އިސްވެރިންގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުން
  10. ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓް، އަހަރީ ރިޕޯޓް، ވާރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު، ޕެންޑިންގ ފަދަ މަސައްކަތްތައްކުރުމާއި، ފައިލިންގ އަދި ރެކޯޑް ބަރާބަރަށް ބަލެހެއްޓުން
  11. މިނިސްޓްރީގެ ރަސްމީ މަސައްކަތާ ގުޅިގެން އިސްވެރިންގެ އިރުޝާދާއެކު އެހެން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކުގައި އެހީތެރިވުން
  12. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

    ނުވަތަ؛

  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް

- އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

- އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

    https://www.foreign.gov.mv/index.php/en/media-center/resources/downloads/59-foreign-service-job-appplication-form-2/file 

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

    (ހ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނަމަ އަދާކުރާ ވަޒީފާ، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    ނޯޓު: މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން އޮންނަންވާނެ ގޮތުގެ ނަމޫނާ ލިންކް:

    https://www.foreign.gov.mv/index.php/en/media-center/resources/downloads/54-reference-letter-sample/file

    (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

    ނޯޓު: ބައިނަލްއަޤުވާމީ ޖަމުޢިއްޔާ/ޖަމާޢަތެއް ކަމުގައި ބަލާނީ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމުޢިއްޔާ/ޖަމާޢަތަކަށްވާ ނަމައެވެ.

    (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" (މި ފޯމު ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) ލިންކް: https://bit.ly/3V8Jyyb 

    (ޅ) ކިޔެވުމުގެ މަރުޙަލާގައި ނުވަތަ ކޯހުގެ ބޭނުމަށް ފުރިހަމަކޮށްފައި ހުންނަ އިންޓަރންޝިޕް ފިޔަވައި އެހެނިހެން އިންޓަރންޝިޕް ޕްރޮގްރާމުތަކުގެ މުއްދަތަށް، މިއުޞޫލުގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޕޮއިންޓުދެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވާނަމަ އެ އިންޓަރންޝިޕްގެ މުއްދަތު، މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާ ޕޮއިންޓްދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެބައިތައް

ޕޮއިންޓު

އިންސައްތަ (%)

ކެޓެގަރީގެޖުމުލަ އިންސައްތަ

ތަޢުލީމާއި ތަޖުރިބާ

ޝަރުތު ހަމަވުމަށް ބޭނުންވާ ސަނަދައްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ ޕޮއިންޓް (ލެވެލް 5 ގެ ސަނަދެއްނަމަ 5 ޕޮއިންޓް، ލެވެލް 6 ގެ ސަނަދެއްނަމަ 10 ޕޮއިންޓް އަދި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 15 ޕޮއިންޓް)

15

 

 

 

 

 

 

20

20

ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް (ގިނަވެގެން 5 ޕޮއިންޓް، އަހަރަކަށް 1 ޕޮއިންޓް)

5

ލިބިފައިވާ ހުނަރު

އިމްތިޙާނު (މާކްސް)

100

40

80

ޕްރެޒެންޓޭޝަން

50

10

އިންޓަރވިއު

50

30

ޖުމުލަ

220

100

100

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %45 (ސާޅީސްފަސް  އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 މާރިޗު 2024 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ.

އިމްތިޙާނާއި، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި  ޕްރެޒެންޓޭޝަން އޮންނާނީ، 10 މާރިޗު 2024 އިން 28 މާރިޗު 2024އާ ދެމެދުގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

ދިމާވާ ޙާއްސަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އަންގާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް " އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ބެލޭނެ ލިންކް: https://foreign.gov.mv/index.php/en/ministry/careers

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

22 ޝައުބާން 1445

03 މާރިޗު 2024

 

03 މާރިޗު 2024
ހޯދާ