މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ - ޕްރޮޑަކްޝަން / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސްޕަވައިޒަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

  ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޕްރޮޑަކްޝަން / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ޑީ" ފާސްލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދާއިރާއެއްގައި މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޑިޕާޓްމެންޓާ ހަވާލުވެހުންނަ މީހާގެ އިރުޝާދުގެ ދަށުން ތަނުގައި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން. އަދި ލޭބަރުން ނާއި، ޑުރައިވަރުން ގަޑިއަށް ހާޟިރު ކުރުވުމާއި، މަސައްކަތް ކުރާގޮތް ބަލައި މޮނިޓަރކުރުން.
  • މަސައްކަތުގައި ބޭނުންވާ ސާމާނާއ، ތަކެތި ހަމަކޮށްދީ އެތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓުން
  • މަސައްކަތްކުރާ ސަރަހައްދާއި، ފެކްޓްރީގެ އެތެރެ ސާފުކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ          (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 06 މާރިޗް 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/91500015 ފޯނަށް ގުޅުއްވުން އެދެމެވެ.

03 މާރިޗު 2024
ހޯދާ