އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ!

މި ސްކޫލުންދޭ ނާމޫނާއާ އެއްގޮތަށް ސްކޫލުގެ ގޭޓު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 މާރޗް 2024 އިން 10 މާރޗް 2024  ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށަހެޅުމަށް ދަންނަވަމެވެ.
  2. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 12 މާރޗް 2024  ވާ އަންގާރަ ދުވަހުގެ 11:00  ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  3. މިކަމާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މާރޗް 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
  4. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަމަށް ރެޖިސްޓަރކޮށް މަޢުލާމާތު ސާފުކުރަން އައިސްފައިވާ ފަރާތްތަކަށް އެކަނިއެވެ.
  5. ބިޑް ހުށެހެޅުން އޮންނާނީ 17 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
  6.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ކޮޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު  ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.
  7. ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ މި ޢިއުލާނާއެކު އެޓޭޗުކުރެވި އަދި ރަސްމީ ގަޑީގައި ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޮނުވާނީ [email protected] މެއިލްއަށެވެ.

ކަލައިދޫ ސްކޫލް

ފޯން:  6800743

އީ-މެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 މާރިޗު 2024
ހޯދާ