ކުޑަރިކިލު ސްކޫލް، ބ. ކުޑަރިކިލު
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރު: GS-134/I/2024/02

  

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

  1. ވިޔަފާރި އުސޫލުން 09 މަސް ދުވަހުގެ މުއްދަތަށް (01 އެޕްރިލް 2024ން 31 ޑިސެމްބަރ 2024އަށް) މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މާރޗް 03 ން 2024 މާރޗް 05ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރޗް 05ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މާރޗް 12ވާ އަންގާރަ ދުވަހުގެ 11:00ގައިކުޑަރިކިލު ސްކޫލް އޮފީހުގައެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުޑަރިކިލު ސްކޫލް

ބ. ކުޑަރިކިލު ، ދިވެހިރާއްޖެ

ފޯން 6600019

އީ-މެއިލް: [email protected]

 

22 ޝައުބާން 1445ހ

03 މާރޗް 2024މ

03 މާރިޗު 2024
ހޯދާ