ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން

1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދުބެލުން މި ހިނގާ ޝަޢުބާން މަހުގެ 29 (10 މާރިޗު 2024) ވާ އާދީއްތަ ދުވަހުގެ ހަވީރު 5:30 ން ފެށިގެން އޮންނާނެއެވެ.

ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ހަނދު ފެނިއްޖެނަމަ ހަނދު ފެނުނު މީހާގެ ނަމާއި، އެޑްރެހާއި، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މަޢުލޫމާތުތައް ދިނުމަށްޓަކައި ހަނދު ފެނުނު މީހާ ވަގުތުން މަޑަވެލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެ މަޢުލޫމާތު ދެއްވުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 މާރިޗު 2024
ހޯދާ