ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށަފަރު ކައުންސިލް ޤުރުއާން މުބާރާތް 1445

ހއ.ވަށަފަރު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި "ވަށަފަރު ކައުންސިލް ޤުރުއާން މުބާރާތް 1445"، 2024 އޭޕްރީލް 03 އިން 2024 އޭޕްރީލް 05 އަށް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން، ޖުމްލަ 06 އުމުރު ފުރާއަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2024 މާރިޗް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވަށަފަރު ކައުންސިލް އިދާރާއިންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ވަށަފަރު ކައުންސިލް އިދާރާއިން  ލިބެން ހުންނާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

29 ފެބުރުވަރީ 2024
ހޯދާ