މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ.

އިޢުލާން

ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ.

             ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ރައްޔެތުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް 02 މާރިޗް 2024 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:15 ގައި "ފަލަސްޠީނާއި އެކު އިނގުރައިދޫ ރައްޔެތުން" މި ނަމުގައި ވަރަށް ޚާއްޞަ ޙަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތް ފެއްޓުމަށް ހަމަޖެހިފައިވަނީ ސްޓޭޖް ސަރަޙައްދުންނެވެ.

          އިނގުރައިދޫގެ ލޮބުވެތި ރައްޔެތުންނަކީ މިފަދަ ކޮންމެ ޙާލަތެއްގައި އިންސާނީ ޙައްޤަށްޓަކައި ހޭދަ ކުރުމުގައި ނަމޫނާ ބައެއްކަމުގައި ވާހިނދު ފަލަސްޠީނުގެ މުސްލިމުން ރައްޔެތުން އުފުލަމުންދާ ވޭންދެނިވި ހިތާމަޔާއި ހިއްދަތި ޙާލަތުގައި ބައިވެރިވެ ދީލަތި އެހީތެރިކަމާއި ހެޔޮދުޢާ އިންތިހާއަށް ވަނީ އެ އަޚުންނާއި، އުޚުތުން ބޭނުންވެފައެވެ.

          ވީމާ، މިފަދަ އެހެނިހެން ހުރިހާ ޙަރަކާތްތަކުގައިވެސް ބައިވެރިވެލައްވާ އެހީތެރިކަމާއި އެއްބާރު ލެއްވުން ދެއްވާ ފަދައިން މި ޙަރަކާތުގައި ވެސް ތިޔަ ލޮބުވެތި ރައްޔެތުން ބައިވެރިވެލައްވާ ދީލަތި އެހީތެރިކަން ފޯރު ކޮށްދެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ.

     އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރަންބޭނުންވާ ފަރާތްތަކުން 7701153199101  އަށް ޖަމާކުރުމަށްފަހު 7960026 ނަންބަރަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. މިފަދަ އެންމެހާ ކަންކަމުގައި ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދެންނެވީމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

29 ފެބުރުވަރީ 2024
ހޯދާ