ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މީޓިންގ މެނޭޖްމަންޓް ސޮފްޓްވެއަރ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

"މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ" ތައްޔާރުކޮށްދޭނޭ މީހަކު ބޭނުންވެއްޖެ

ސިވިލް ސަރވިސް ކޮމިޝަނުގައި "މީޓިން މެނޭޖްމަންޓް ސިސްޓަމެއް" މި އިޢުލާންގައިވާ ޓާރމް އޮފް ރެފަރެންސާ އެއްގޮތަށް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޮމިޝަނުގެ އިދާރާގެ ނަންބަރު 188SHRD/IUL/2015/20 (ތާރީޚު:15 މާރިޗު 2015) އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ބޭނުންވާ ޢަދަދު: 01
  • އުޖޫރަ (މަހަކަށް) -/25،000 (ފަންސަވީސްހާސް ރުފިޔާ)
  • މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު
  • މުއްދަތު: 06 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
  • ފެންވަރު ނުވަތަ ޝަރުޠު: ސޮފްޓްވެއަރ އިންޖިނިއަރިންގގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ އިންޖިނިއަރިންގގެ ރޮނގުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރިފަރެންސްގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ހިމަނާފައި)

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއިން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ތަޢުލީމީ ފެންވަރު % 15
  • މަސައްކަތުގެ ތަޖުރިބާ % 10
  • ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ  %45
  • ޓެކްނިކަލް ނޮލެޖް % 5
  • އުފެއްދުންތެރިކަން  %5
  • ޤާބިިލުކަން ހުރި މިންވަރު % 10

ވުމާއެކު، މި ކަމަށް އެދޭ މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

23 ޖުމާދަލްއާޚިރާ 1436

12 އޭޕްރިލް 2015
ހޯދާ