ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކަންޑް އޮފިސަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސެކަންޑް އޮފިސަރ

އަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 09 މަސް

އަސާސީ މުސާރަ: -/10،280 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެމް.ވީ ބޮންތި

އެހެނިހެން އިނާޔަތްތައް:

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/2،056 ރުފިޔާ
  • ފިކްސްޑް އެލަވަންސް: -/3،084 ރުފިޔާ
  • ލީވްވޭޖަސް: -/10،280 ރުފިޔާ – ކޮންޓްރެކްޓް ފުރިހަމަކުރުމުން
  • ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަނަށް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ނިއަމިކަން ކުރުން އަދި ކާގޯ އަރުވާ ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން.
  • ބޯޓްގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން.
  • ފަޅުވެރިންނާއި، ބޯޓާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

  • އެޑްވާންސް އޮއިލް ޓޭންކަރ ސެޓްފިކެޓް/ ސީއޯސީ/ ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓްފިކެޓް/ ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީޒް/ އެލިމެންޓްރީ ފަރސްޓް އެއިޑް ސެޓްފިކެޓް/ ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓްފިކެޓް/ ޕާރސަނަލްސަރވައިވަލް ޓެކްނީކްސް ފުރިހަމަކޮށްފައިވުން.
  • މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 20 ވާ (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com

12 އޭޕްރިލް 2015
ހޯދާ